ads
ފޮޓޯ: އެޗްޑީސީ
އެއްގެއިން އަނެއްގެއަށް ޕްރޮގްރާމްގެ ކާމިޔާބު: 191 އައިޓަމް ބަދަލުކުރި
ހައުސިން ޑިވެލޮޕމެންޓް ކޯޕޮރޭޝަން އެޗްޑީސީން ކުރިއަށް ގެންދިޔަ އެއްގެއިން އަނެއްގެއަށް ޕްރޮގްރާމް މިހާރު ނިމިފައިވާއިރު ، ޕްރޮގްރާމްގެ ތެރެއިން 191 އައިޓަމެއް އެކި ފަރާތްތަކަށް ހަވާލުކުރެވުނު ކަމަށް އެ ކޯޕޮރޭޝަނުން ބުނެފިއެވެ.
Advertisement

މި ފެބްރުއަރީ މަހުގެ 1 އިން ފެށިގެން 16 އާ ހަމައަށް އެޗްޑީސީން ކުރިއަށް ގެންދިޔަ "އެއްގެއިން އަނެއްގެއަށް" ޕްރޮގްރާމްއަށް ހުޅުމާލޭ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެޗްޑިސީން ފާހަގަކުރެއެވެ.

ރޯދައަށް ދިމާކޮށް ގޭގެ އެއްޗެހި ބަދަލުކުރާއިރު ބޭނުންކުރެވޭ ހާލަތުގައި އެއްޗެހި ހުންނަ ނަަމަވެސް ، މީހަކަށް ދެވޭނެ ގޮތެއް، ބޭނުންވާ މީހާ ހޯދޭނެ ގޮތެއް ނޯވެއެވެ. އެހެންކަމަށްވުމާއެކު މި ޕްރޮގްރާމްއަކީ ހުޅުމާލޭ ރައްޔިތުނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެޗްޑިސީން ފާހަގަކުރެއެވެ. 

"ސީއެންއެމް" އަށް މައުލޫމާތު  ދެމުން އެޗްޑީސީން ބުނީ މިހަރަކާތާއެކު އުކާލާ އެއްޗެހިވެސް މަދުކުރެވިފައިވާ ކަމަށާއި ބޭނުންޖެހިފައި ތިބި މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް އެޗްޑީސީން އެހީތެރިވެދެވިފައިވާކަމަށެވެ.

"ޕްރޮގްރާމް ހިންގި 16 ދުވަހުގެ ތެރޭގައި 191 އައިޓަމެއް ވަނީ މީހުންނަށް ހަވާލުކުރެވިފައި، ހަމަ ވަރަށް ރަނގަޅު ކޮންޑިޝަންގައި ހުރި އެއްޗެހި، ބޭނުން ކުރެވޭ އެއްޗެހި ، އޭގެތެރޭގައި ފާނީޗާ، ލެޕްޓޮޕް، އިލެކްޓްރޯނިކްސް ފަދަ ތަފާތު އެއްޗެހި ހިމެނޭ" އެޗްޑިސީގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މި  ހަރަކާތާ ގުޅިގެން އެކި ފަރާތްތަކުގެ ތައުރީފުވެސް ލިބިފައި ހުރި ކަމަށާއި އެގޮތުން ހަދިޔާ ކުރި މީހުން ވަނީ މީހުންނަށް އެހީތެރިވާން ލިބުނު ފުރުސަތަށް ޝުކުރުއަދާކޮށް އޭގެން ހިތްހަމަޖެހުން ލިބޭކަން ފާހަގޮށްފައި ކަން އެޗްޑީސީން ބުނެއެވެ.

ޕްރޮގްރާމް ކުރިއަށް ގެންދިޔައިރު އާންމުންނަށް މައުލޫމާތު ދީފައި އޮންނާނީ  އެޗްޑީސީން މިފަހަރު އިސްކަން ދޭނި ފަރިނީޗަރު އަދި އިލެކްޓްރޯނިކްސް، އެ 2 ބަވަތުގެ ތަކެއްޗަށް ކަމަށް އެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އެގޮތުން ފަރުނީޗަރު ސޯފާ އެނދު މޭޒު، އިލެކްޓްރޯނިކްސްގެ ތެރެއިން ޓީވީއާއި އަވަން ، އައިސަލަމާރި ފަދަ ތަކެތި ހިމެނޭކަމަށް އެޗްޑީސީގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ރޯދަ މަހުގެ ރޫހާ އެއްގޮތަށް އެކަކު އަނެކަކަށް އެހީތެރިވުމުގެ އިތުރުން، ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި މަދުކުރުމެވެ. އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އަލުން ބޭނުންކުރުމަށް ހިތްވަރުދިނުން ކަމުގައި އެޗްޑީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް