ads
ރައީސް ނަޝީދު ޑިމޮކްރެޓްސްގެ މެންބަރުންނާއި އެކު
ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮތީ މަޖިލީހަށް: ރައީސް ނަޝީދު
ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު އުފެދިފައިވާ ގާނޫނީ ބަހުސްގެ ތެރެއަށް ވަންނަވައި، ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ލަފާ ކުރައްވާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

ގާނޫނުއަސާސީގެ ނަޒަރުގައި ގާނޫނުއަސާސީ ބަދަލުކުރާ ނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"...ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް،" ނަޝީދު ވިދާޅުވި އެވެ.

މިހާރު ސުޕްރީމް ކޯޓުގައި އޮތް އެ މައްސަލައަށް އިދިކޮޅު އެމްޑީޕީން ތަދައްޚުލު ވެފައި ވާއިރު، ނަޝީދުގެ ޑިމޮކްރެޓްސްއިން ވެސް ވަނީ އެ މައްސަލައަށް ތަދައްހުލު ވެފަ އެވެ. ނަމަވެސް ޑިމޮކްރެޓްސްއިން އެ މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުވެފައެއް ނުވެ އެވެ.

ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ ވެސް މި މައްސަލައިގައި ދެކެވަޑައިގަންނަވަނީ, ނަޝީދު ދެކެވަޑައިގަންނަވާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް