ads
ލޯކަލް ގަވަމަންޓް މިނިސްޓާ އާދަމް ޝަރީފް
ރައީސް މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އާ ބާރެއް ދީފި: މިނިސްޓަރު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ވަރުގަދަ ކުރުމަށް އާ ސިޔާސަތުތަކެއް ތައާރަފުކޮށްފިއެވެ.
Advertisement

މިގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ފަޅުރަށްތައް ރަށްރަށުގެ އިހުތިސާސްގެ ތެރެއަށް ވެއްދުމާއި، ފަޅުރަށްތަކުން ލިބޭ އާމްދަނީން ބައެއް ކައުންސިލްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވި ގޮތުގައި މިއީ ލާމަރުކަޒީ ނިޒާމަށް އައި އެންމެ ބޮޑު ކުރިއެރުންތަކުގެ ތެރެއިން އެކެވެ. އަދި ކައުންސިލްތަކަށް ފަޅުރަށްތަކުގައި އެކި މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރެވޭނެ އުސޫލުތައްވެސް ވަނީ އެކުލަވާލާފައެވެ.

ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން، ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި މަޑުއްވަރީ އަދި މީދޫގެ އިހުތިސާސްއަށް އާ ރަށްތަކެއް ވަނީ ހިމަނުއްވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުތަކުގައި ވަކި ބަޔަކަށް މަންފާވާ ގޮތަށް ދޫކުރެވިފައިވާ ފަޅުރަށްތަކުގެ ސިޔާސަތު މިހާރު ވަނީ ބަދަލުކޮށް، ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ގޮތަށް ހަމަޖައްސާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް