ads
މިނިސްޓަރު ހަލީލް - ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު ހަލީލަށް ލަންކާ މީހަކު އިންޒާރު ދިން މައްސަލައެއް ބަަލަނީ
ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، އެ ބޭފުޅާ މަރައިލަފާނެ ކަމަށް ބުނެ ލަންކާ މީހަކު ނުސީދާ މަރުގެ އިންޒާރުތަކެއް ދިން މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
Advertisement

ޕެރެރާ ނަމަކަށް ކިޔާ ލަންކާގެ ރައްޔިތަކު އެކްސްގައި ދަނީ މިނިސްޓަރުގެ ފޮޓޯ ހިއްސާކުރައްވައި އެކި ކަހަލަ އިންޒާރުދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ "ނަދީޝް ޕެރެރާ" ނަމަކަށް ކިޔާ މީހަކު ފޮރިން މިނިސްޓަރަށް އިންޒާރު ދިން މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާތީ، ގުޅުން ހުރި އިދާރާތަކާ އެކު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ނަދީޝް ވަނީ ލަންކާގައި މިނިސްޓަރު ހަލީލް އިންނަވާ ކާރު ފުރޮޅާލައިގެން ގޮސް އަލިފާނުން އުފެދޭ ކާބަންމޮނޮއޮކްސައިޑު ހަށިގަނޑުގެ ތެރެއަށް ވަދެ، މަރުވުމުގެ ސަބަބެއް ކަމަށް ވެދާތޯ ސުވާލު އުފައްދައިފަ އެވެ.

އެހެން ޕޯސްޓެއްގައި ހަލީލްއަށް ކޮލަމްބޯގައި ރައްކާތެރިކަން އެބައޮތްތޯ ސުވާލު އުފައްދައި އެ މީހާ ބުނެފައި ވަނީ ހަލީލް ނިދާފައި ހޭލާއިރު ހަށިގަނޑުގެ ބައެއް ގުނަވަންތައް ވެސް މަދުވދާނެ ކަމަށާއި ނިދި ތަން ނޫން އެހެން ތަނެއްގައި އޮއްވައި ވެސް ހޭލެވިދާނެ ކަމަށެވެ.

އެ ފިިރިހެނަކީ ކުރިން ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅުނު މީހެކެވެ. އެ ދެ މީހުންގެ ކައިވެންޏަށް ކުއްޖަކު ވެސް ހުރެ އެވެ. އެކަމަކު، ފަހުން އޭނާ ރާއްޖެ އެތެރެވާން އުޅުމުން، އެ ފުރުސަތު ނުދީ ޑީޕޯޓުކޮށްލީ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލަންކާ މީހާގެ އެކްސް އެކައުންޓްގައި ގިނަ އަދަދަކަށް އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ޝައްމާން ވަހީދާއި މިނިސްޓަރު ހަލީލް ޓެގުކޮށް ޕޯސްޓުކޮށްފައިވެ އެވެ.

އެ ޕޯސްޓުތަކުގައި އޭނާގެ ދަރިފުޅާ ދުރުވާން ޖެހުމުން ދެރަވާކަމަށާއި، އޭނާގެ ދެ އަހަރުގެ ދަރިފުޅު ހުރީ ރާއްޖޭގައި ކަމުން ނުވަ މަސްވަންދެން ދަރިފުޅު ނުފެންނަ ކަމަށް ބުނެފައިވެ އެވެ. އަދި ރާއްޖެއަށް ދިޔުމަށް އެކްސެސް ދިނުމަށް ވެސް ގޮވާލާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް