ads
ޕީއެންސީ ހ. ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެންސީ
ޕީއެންސީ ބޮޑު މާހެފުމުގަ ރައީސް ބައިވެރިވަޑައި ނުގަންނަވާނެ
ވެރިކަން ކުރާ ޕްރޮގްރެސިވް ކޯލިޝަން (ޕީއެންސީ) އިން މިރޭ ބާއްވާ މާހެފުމުގައި އެޕާޓީގެ ރަޢީސް، ރައީސް ޑރ، މުހައްމަދު މުއިއްޒު ބައިވެރިވަޑައި ނުގަންނަވާނެކަމަށް އެޕާޓީން ބުނެފިއެވެ.
Advertisement

"މާހެފުން 2025" ގެ ނަމުގައި އެޕާޓީން ބާއްވާ މާހެފުމެއް ފެށޭ ގަޑިއަކީ މިރޭ 20:30 އެވެ. ޕީއެންސީން ބުނީ އާޓިފިޝަލް ބީޗްގައި އޮންނަ މި މާހެފުމަށް އެޕާޓީގެ މެމްބަރުންނާއި ދިވެހި ހުރިހާ ރައްޔިތުންނަށް ދައުވަތު ދޭކަމަށެވެ. 

ޕީއެންސީން މިރޭގެ މާހެފުމުގުގައި އެޕާޓީގެ ރައީސް ޑރ. މުއިއްޒު ވަޑައިގަންނަވާނެކަމަށް ކުރިން އިއުލާން ކުރެވިފައި ވީނަމަވެސް އެމަނިކުފާނު މިރޭ ބައިވެރިވެޑައި ނުގަންނަވާނެކަަމަށެވެ. ސަބަބެއްކަމަށް  އެޕާޓީން ބުނީ ރައީސް ޑރ. މުއިއްޒުގެ ރަސްމީ ޝެޑިއުލްއަށް އައި ބަދަލަކާއި ގުޅިގެންކަމަށެވެ. އެހެންނަމަވެސް ޕާޓީގެ ލީޑާޝިޕް އާއި، ވަޒީރުން އަދި މަޖިލިސް މެންބަރުން މި މާހެފުމުގައި ބައިވެރިވާނެކަމަށް ޕީއެންސީން ބުނެއެވެ. 

" މި ފުރުސަތަކީ ރޯދަމަހުގެ ކުރިން ރައްޔިތުންނާއި ސަރުކާރު އަދި ޕާޓީގެ ވެރިން ބައްދަލުކުރައްވާ ކަންކަން ހިއްސާ ކޮށްލުމަށް ރައްޔިތުންނަށް ލިބޭ މުހިއްމު ފުރުސަތެއް ކަމުން މާހެފުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދައުވަތު އަރުވަން." ޕީއެންސީން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހު އާއްމުކުރި ހިސާބުތަކުން ދައްކާގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ވެރިކަންކުރާ ޕީއެންސީކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 68،968 ކަމަށް އީސީގެ ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު ފެށުނު އިރު އެޕާޓީގެ މެމްބަރުންގެ އަދަދަކީ 28،704 އެވެ. މިިދިޔަ އަހަރުގެ ނިމެންދެން ޕީއެންސީ އޮތީ ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓުގެ ގޮތުގައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް