ads
ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީގެ ކުރެހުމެއް
ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އޭޕްރީލް މަހު ގެންނަނީ
ރާއްޖެއިން ފުރަތަމަ ފަހަރަށް ބަންނަ، ތިމާވެއްޓާ ރައްޓެހި، ސޯލާ ފެރީ އަންނަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް ގެންނަން ތައްޔާރުވާން ފަށައިފިއެވެ. ކަމަށް އެ ފެރީ ބަންނަ ކުންފުނި، އިންޑިއާގެ ނޭވަލްޓް ކުންފުނިން ބުނެފި އެވެ.
Advertisement

އަޖުމަ ބެލުމުގެ ގޮތުން ބަންނަ މި ފެރީގެ ބަނުމުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ ނޭވަލްޓް ކުންފުނިންނެވެ. މި ފެރީގެ އަގަކީ 9.3 މިލިއަން ރުފިޔާ އެވެ. މި ފެރީއަށް ދީފައިވާ ނަމަކީ "އެޕޯލޯ"އެވެ. 

ނޭވަލްޓް ކުންފުނީގެ ސީއީއޯ ސަންދިތު ތަންދަޝެރީއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ މާލޭ ސަރަހައްދުގައި ފެރީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ މި އުޅަނދު އަންނަ އޭޕްރިލްމަހުގެ ފުރަތަމަ ހަފްތާގައި މި ފެރީރާއްޖެއަށް ދިޔުމަށް ދަތުރު ފަށާނެކަމަށެވެ. އޭނާ ބުނީ މިހާރު ކުރަމުން އަންނަނީ ފެރީގެ އެތެރޭގެ ބައެއް މަސައްކަތްތަކާއި ޕެއިންޓިންގެ މަސައްކަތްތައްކަަމަށެވެ. އަދި އެ މަސައްކަތް މަސައްކަތްވެސް އަންނަ މަހު ނިމެނޭކަމަށް ނޭވަލްޓް ކުންފުނީގެ ސީއީއޯ ސަންދިތުއާ ހަވާލާދީ އިންޑިއާ ނޫސްތަކުން ބުނެއެވެ. 

"މިއީ އަހަރެމެން ފަސިންޖަރުން އުފުލަން ފެރީއެއް ބަނދެ އެކްސްޕޯޓުކުރާ ފުރަތަމަ ފަހަރު." ދިހަ މީހުންގެ ޖާގައިގެ ސެމީ-ލަގްޒަރީ އޭސީ ފެރީއެއް ކެނެޑާއަށް މީގެ ކުރިން ސަޕްލައިކުރި މީގެ ފެރީއެއް." ނޭވަލްޓް ކުންފުނީގެ ސީއީއޯ ސަންދިތު ތަންދަޝެރީއާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 75 މީހުންގެ ޖަގައިގެ މި ފެރީއަކީ ކަނޑު ގަދަ ދުވަސްވަރުވެސް ދުއްވޭ ގޮތަށް ފަރުމާކޮށްްފައިވާ ފެރީއެއްކަމަށެވެ. 75 ސޯލާ ހަރުކޮށްފައިވާ މި ފެރީގެ ސްޕީޑު ހުންނާނީ ގަޑިއަކު 8 ނޯޓިކަލް މޭލުގައިަކަށާއި  "ސީ ސްޓޭޓް 5" ނުވަތަ ކަނޑުގެ ރާޅުގެ އުސްމިން ހަތަރު މީޓަރަށް ހުންނައިރު ވެސް މި ފެރީ ދުއްވޭނެ ކަމަށް ނޭވަލްޓް ކުންފުންނާއި ހަވާލާދީ އިންޑިއާ ނޫސްތަކުން ބުނެއެވެ. 

މި ފެރީގައި 50 ކިލޯވޮޓުގެ ދެ ބެޓަރީ ޕެކާއި 40 ކިލޯވޮޓްގެ ދެ އިންބޯޑް އިލެކްޓްރިކް މޯޓަރުން ކަރަންޓު އުފައްދާނެކަމަށް ނޭވަލްޓް ކުންފުނިން ބުނެއެވެ. އަދި ފެރީގެ މަތީގައިވާ 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ސިސްޓަމުން ބެޓެރިތައް ޗާޖުކޮށްދޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ. 

މިދިޔަ އަހަރުގެ ތެރޭގައި މި ފެރީ ރާއްޖެއަށް ގެނެސް ބޭނުންކުރަން ފެށޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު ވަނީ މީގެކުރިން ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް