ads
ހުޅުމާލޭގައި ހިނގި އަލިފަނުގެ ހާދިސާއެއް: ފައިލް ފޮޓޯ
ގުދަނެއްގައި ރޯވި އަލިފާން 30 މިނެޓުން ނިއްވާލައިފި
ހުޅުމާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއް 30 މިނެޓުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިއްވާލައިފިއެވެ.
Advertisement

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ "ފްރިޒް ގުދަން" ގެ 4 ވަނަ ފަންގިފިލާގައި ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ހުޅުމާލެ ފަޔާ ސްޓޭޝަނަށް ލިބުނީ މެންދަމުން ފަހު 00:36 ގައެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު ހުޅުމާލެ ފަޔާ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. އަދި ގާތްގަނޑަކަށް 30 މިނެޓުގެ ތެރޭގައި، 01:03 ހާއިރު އަލިފާން ވަނީ މުޅިން ނިއްވާލެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަން އެމްއެންޑީއެފުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް