ads
މިއަދު ހިނގި އެކްސިޑެންޓުގައި ބާރު ސްޕީޑުގައި އައިކާރު ސައިކަލްތަކުގައި ޖެހިފައި
ކާރެއް ކޮންޓްރޯލްނުވެ މަގުމަތީ ހުރި ސައިކަލްތައް ފުނޑާލައިފި
މާލޭގައި މިއަދު ނުރައްކާތެރު އެކްސިޑެންޓޓެއް ހިނގައިފިއެވެ.
Advertisement

ފުލުހުން ބުނީ އަމީނީމަގު ގާކޮށި ކުރިމަތިން ބާރު ސްޕީޑުގައި ދުއްވާދިޔަ ކާރެއް ކޮންޓްރޯލް ނުވެ އެ ސަރަހައްދުގައި ހުިރި ޕާކިން އޭރިޔާއަށް ވަދެގެން ގޮސްފައިވާކަމަށެވެ. އަދި ކާރުމަތަވީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލްތަކުގައި ޖެހިގެންކަމަށް ފުލުހުން ބުނެއެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެެއެވެ.

your imageއެކްސިޑެންޓްވި ކާރު 

މިއަދު ހެނދުނު 07:50 ކަންހާއިރު ހިނގި މި އެކްސިޑެންޓްގައި ކާރު މަތަނުވެގޮސް ސައިކަލްތަކުގައި ޖެހުމުން ހަ ސައިކަލެއް ހަލާކުވެފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ކާރަށްވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކަމެއް ނުވަތް ނޫންކަމެއް ފުލުހުން ނުބުނެއެވެ. އެހެންނަމަވެސް މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް