ads
ކެފޭ: ފޮޓޯ ކްރޮސްރޯޑް
ކެފޭ ބިލު ނުދެއްކި މައްސަލަ: ޒުވާނެއްގެ ބަންދަށް 10 ދުވަސް
ބުރުޒު މަގުގައި ހުންނަ ކެފޭއަކުން ބިލު ނުދައްކައި ދާން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި 23 އަހަރުގެ ޒުވާނެއްގެ ބަންދު މުއްދަތު 10 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
Advertisement

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި، ހަނދުވަރުދޭގެ، ޔާޝިން ރަޝީދެވެ. އޭނާ ހައްޔަރުކުރީ 20 ފެބްރުއަރީ 2025 ގައި ކެފޭއިން ކައި ނިމުމަށްފަހު ބިލު ނުދައްކައި ދާން އުޅުނު ކަމަށް ތުހުމަތުކުރެވިގެންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލަ ތަހުގީގުކުރުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ކޯޓުން ނިންމިއެވެ.

ފުލުހުން މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ގެންދާ ކަމަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް