ads
ފިޝަރީޒް މިނިސްޓަރު ޝިޔާމް
ދުވާލަކު 450 ޓަނުގެ މަސް މިފްކޯއަށް ކިރުވާ: 6 މިލިއަން ރުފިޔާ
މިފްކޯއިން މިހާރު ދުވާލަކު އެވްރެޖްކޮށް 450 ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 5 އިން 6 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ޝިޔާމް މި މައުލޫމާތު ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދައުލަތުގެ މީޑިއާ މެދުވެރިކޮށް ރައްޔިތުންނާ ވާހަކަދައްކަވަމުންނެވެ.  މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މަސްވެރިކަން ރަނގަޅުވެއްޖެއެވެ.

މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބެން ފެށުމާއެކު، ޒުވާނުން މަސްވެރިކަމަށް ނުކުންނަ މިންވަރު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން މުޅި މަސްވެރިކަމުގެ ސިނާއަތަށް އާ ދިރުމެއް ލިބިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއެރުވުމަށް ގިނަ މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށާއި، މި މަޝްރޫއުތައް ނިމުމުން ކުރިއަށް އޮތް 50 އިން 60 އަހަރަށް މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް