
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއްއިޒު މާއެނބޫދޫ ރައްޔިތުންއާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކޮއްދިނުމަށް ވަައުދުވެލައްވާފަައި ވާ ކަމަށެވެ. އަދި މާއެނބޫދޫ 30 ހެކްޓަރުގެ ބިންހިއްކުމުގެ ޕުރޮޖެކްޓް ނިންމައި ދޭނެކަމުގެ ޔަގީންކައްން ރައީސް ދެއްވިއެވެ.
ބިންހިއްކުމުން ދާއިރު 30 ހެކްޓަރުގެ ތެރެއިނަ 2 ހެކްޓަރު ވަކި ރަށެއްގެ ގޮތުގައި ތަރައްގީކުރެވިގެން ދާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މާއެނބޫދޫ ގައި ހުއްޓިފައި ހުރި މަސަކައްތްތައް ފައްޓާ އޭގެތެރެއިން ފެނާއި ނަރުދަމާ އަދި މައްލްޓިޕާޕަސް ހޯލް ގެ މަސައްކަތް ވެސް ކުރިޔައް ދާނެއެވެ. އެހެން ކަމުން މަޑުޖެހިފައި ހުރި މަސައްކަތްތައް މާޗު މަސް ތެރޭ ފެއްށޭނެކަމައް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ވައްސީލަތާއި ޖާގަ ކޮށްދެއްވާނެ ކަމަށެވެ. އަދި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑަކާއި ވޮލީކޯޓެއް އަޅައިދޭނެ ކަމައް ވެސް ވިދާޅުވިއެވެ.