ads
ހުޅުމާލެ އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ބައްލަވާލައްވަނީ - ފޮޓޯ:ސްޓެލްކޯ
ހޫނު މޫސުން އަންނާތީ ސްޓެލްކޯއިން ކަރަންޓު ކެޕޭސިޓީ އިތުރުކުރަނީ
މި ފެށޭ ރޯދަމަހަށް ހޫނު މޫސުން އަންނާތީ ސްޓެލްކޯއިން ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަޔް ފަށާފައިވާކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާ އާ ވަހަކަދައްކަމުން ސްޓެލްކޯ އެމްޑީ ހުސެއިން ފަހުމީ ވަނީ  ރޯދައަށް ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް އެކަމަށް ހުޅުމާލޭގައި މަސައްކަތް ފެށިފައިވާކަމަށް ވިދާޅުވެފައެވެ. 

ހުޅުމާލޭގައި މިވަގުތު ސްޓެލްކޯއިން  ކުރާ މަސައްކަތަކީ ރޯދަ މަަހާ ދިމާކޮށް ހޫނު މޫސުން އަންނާތީ  އިތުރު 17 މެގަ ވޯޓް އިންސްޓޯލްކުރުން ކަމުގައި އެމްޑީ ވިދާޅުވިއެވެ.

އެކަމަށް ސްޓެލްކޯއިން މަސައްކަތް ފެށިފައިވަނީ ތަންކޮޅެއް ލަހުން ކަމަށާއި ސަބަބަކީ ބިލް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެންނަަމަވެސް މިހާރު ސްޓެލްކޯއިން މިވަނީ އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތައް ނިމިފައިކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތަށް ބޭނުންވާ އިންޖީނު، ޓްރާންސްފޯމަރު، ކޭބަލް އެބަހުރި ކަަމަށާއި ކުރިއަށް އޮތް 8 ވަރަކަށް ދުވަސް ތެރޭ އިންޖީނުތައް އިންސްޓޯލްކޮށް ހިދުމަތްދޭނެ ފެށިގެންދާނެކަމަށް ފަހުމީ މައުލޫމާތު ދެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ރޯދަމަހު ކަރަންޓު ، އަޅުގަނޑުމެން ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑާލާކަަށް ނުޖެހޭނެ ، ޓެކްނިލަކް ކަމެއް ދިމާނުވާނެއެކޭ އަޅުގަނޑުމެން ނުދައްނަވާނަަން ، އެހެންނަމަވެސް އަޅުގަނޑުމެން ބަލާނަަން އެއްވެސް ވަރަކަށް ސްޓެލްކޯއިން ދެމުންދާ ހިދުމަަތަށް އެއްވެސް ބުރު ނަރާ މާލޭގެ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދެވޭތޯ ، އިރާދަކުރެއްވިއްޔަ އެކަން ކުރުމުގެ ގާބިލްކަން ސްޓެލްކޯގެ އެބަހުރި ، މަސައްކަތްވެސް ރޯދަ ފެށުމުގެ ކުރިން ނިމޭނެ" ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ދުރާލާ ރާވައިގެން ތައްޔާރީތައް ފުރިހަމަކޮށްފައިވާއިރު ސްޓެލްކޯގެ ހިދުމަތްދޭ އެއްވެސް ކަސްޓަމަރަަކަށް ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑާލަން ، ނުވަތަ އިންޖީނުގެ ހާލަތުދަށްވެެގެން ކަރަންޓު ކަނޑާލާކަށް ނުޖެހޭނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ރައްޔިތުނަށް  ހިދުމަތް ދިނުމުގައި ރެއާ ދުވާލު ދެމިތިބޭނެކަމަށާއި  ކަރަންޓު ކެނޑިގެން ރައްޔިތުންނަށް އުނދަގޫ ވާކަހަލަ ހާލަތެއް ނާންނާނެ ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް