ads
ޓްރީޓޮޕް ހޮސްޕިޓަލުން ޅ. އަތޮޅުގައި ކުރިއަށްގެންދިޔަ ހެލްތު ކޭމްޕްގެ ތެރެއިން - ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް
އިންފްލޫއެންޒާއާއި ބޭރަށް ހިންގުން އިތުރުވެއްޖެ
މިދިޔަ މަހު އިންފްލޫއެންޒާއާއި ބޭރަށް ހިންގުން އިތުރުވެއްޖެކަމަށް އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ޑިސެންބަރު މަހާ އަޅާބަލާއިރު ޖަނަވަރީ މަހު އިންފްލޫއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރެވުނު އަދަދު 135 އަށް އިތުރުވެފައިވާއިރު، އޭގެ ތެރެއިން 15 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި ބޭރަށް ހިންގުމުގެ 4،183 ކޭސް ވަނީ ރިޕޯޓުކުރެވިފައެވެ. ނަމަވެސް، ޑެންގޫ ޖެހޭ މީހުންގެ އަދަދު ވަނީ 73 އަށް ދަށްވެފައެވެ. އަދި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރެވުނު އަދަދު މިދިޔަ މަހު ހުރީ 30،161 ގައެވެ.

މި ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި، ބަލި ޖެހިފައިވާ މީހުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އަންގާފައިވެއެވެ. އަދި ބަލިޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލޫއެންޒާ ވެކްސިން ޖަހަން އިރުޝާދު ދީފައިވެއެވެ.

ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމަށާއި، ކެއްކުމަށާއި ބުއިމަށް ސާފު ފެން ބޭނުންކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް