ads
ފޮޓޯ: މީދުގައި ބީއެމްއެމް އޭޓީއެމް ހިދުމަތް ފެށުން
މީދޫގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފަށައިފި
ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) އިން ދ. މީދޫގައި ގާއިމްކުރި އާ އޭޓީއެމް ގެ ހިދުމަތް މިއަދު ފަށައިފިއެވެ.
Advertisement

މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި އެ ހިދުމަތް މީދޫގައި އިފްތިތާހު ކޮށްދެއްވީ  ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެކަމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ބިއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މީދޫގައި އާ އޭޓީއެމްއެއް ގާއިމްކޮށް، ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފުޅާކުރެވުނީތީ ބޭންކުން އުފާކުރާ ކަަމަށާއި މި ހިދުމަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިން ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި މުޖުތަމައަށް ފަސޭހަކަމާއެކު މާލީ ހިދުމަތްތައް ބީއެމްއެލްއިން  ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށެވެ.

އޭގެއިތުރުން އާ އޭޓީއެމްގެ ސަބަބުން މީދޫގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޒަރޫރީ ބޭންކިން މުއާމަލާތްތައް ރަށުން ކުރެވޭނެ ކަމަށް އެމްޑީ ވިދާޅުވި އެވެ. އަދި މީގެ ސަބަބުން މިރަށު ރައްޔިތުންގެ އަގުހުރި ވަގުތާއި ވަސީލަތްތައް ސަލާމަތްކުރެވޭނެ ކަމަށްވެސް ބީއެމްއެމްގެ އެމްޑީ ވިދާޅުވި އެވެ.

މީދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ހިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 98 ސެލްފްސަވިސް ބޭންކިން ސެންޓާ، 155 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެފަރާތުން ބުނެއެވެ.

ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ގާއިމުކޮށް މުޖުތަމައު ބާރުވެރިކުރުވުމަށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް