
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު 5 އަށް މަދުކުރަން ގާނޫނަށް ހުށަހެޅި އިސްލާހުގެ މައްސަލަ ބަލައިގަތުމަށް ވޯޓު ދިނުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން ވިޕެއް އޮތީ ނެރެފަ އެވެ.
ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގައި މިއަދު ނެގި ވޯޓްގައި ޕީއެންސީގެ 11 މެމްބަރުން ވޯޓްގައި ބައިވެރިނުވާކަމަށް ދެކެވޭ ވާހަކަތަކީ ދޮގެއްކަމަށެވެ. ފަލާހް ވިދާޅުވީ ވޯޓްގައި ބައިވެރިވެވަޑައި ނުގެންނެވި 11 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުން އުޅުއްވަނީ ރަސްމީ ދަތުރުތަކެއްގައި ކަމަށެވެ. އަދި ވޯޓް ގައި ބައިވެރި ނުވީ ދެ މެމްބަރުންކަމަށް ފަލާހް ވިދާޅުވިއެވެ.
ވޯޓުގައި ބައިވެރިވެވަޑައިނުގަތް އެއް މެމްބަރަކީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގެވެ. އޭނާ ވަނީ އެ ބިލާ ދެކޮޅަށް ޕީއެންސީގެ ޕީޖީ ގްރޫޕްގައިވެސް ވަކާލާތުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލުގެ ވޯޓުގައި ބައިވެރިނުވި ޕީއެންސީގެ މެމްބަރުންނާ މެދު ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިންޒާރެއް ދެއްވާފައެވެ.
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި މުއިއްޒު ވިދާޅުވީ، ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅުމަށްފަހު އެއާ ހިލާފުވުމަކީ އެއްވެސް މެމްބަރަކު އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ