ގަސްދުގައި މީހަކު މަރާލަން ރާވާފައިވާ ސިލްސިލާ، ގްރޫޕް މާރާމާރީތަކެއްގެ ވާހަކަ، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މީޑިއާއަށް ތިލަވެފައިވާއިރު، އެ މާރާމާރީއާ ގުޅުން ހުރިކަމަށް ބެލެވޭ އުމުރުން އެންމެ 18 އަހަރުގެ ޒުވާނެއްގެ ބަންދު މުއްދަތު ކޯޓުން މިއަދުވަނީ އިތުރުކޮށްފަ އެވެ.
މާރާމާރީ ހިންގާ ގްރޫޕަކަށް ނިސްބަތްވާ ކަމަށް ބެލެވޭ އުމުރުން އެންމެ 18 އަހަރުގެ މި ޒުވާނާގެ ބަންދަށް ކޯޓުން މިއަދުވަނީ ފަސް ދުވަސް ޖަހާފައެ ވެ.
ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި، ސިލްސިލާ ގްރޫޕް މާރާމާރީއާ މިޒުވާނާއާ ގުޅޭއިރު، މި މާރާމާރީތަކުގައި މީހަކު މަރާލަން ރާވާފައިވާކަން ފުލުހުންގެ އިންޓެލިޖެންސްއަށްވަނީ އެނގިފަ އެވެ.
މި މައްސަލައާ ގުޅުން ހުރި އެހެން ބައެއް މީހުންވެސް ހައްޔަރުކޮށްފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.