ދެކުނުގެ ރަށެއްގައި ހިނގި މި ހާދިސާގައި، ދިވެހި ފިރިހެނެއްގެ މައްޗަށް އިއްވި ތިން މަސް ދުވަހުގެ ހުކުމަކީ، ކޯޓު ހުރުމަތް ކަނޑައިގެން އިއްވި ހުކުމެވެ.
މި މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި މި މީހާ ކޯޓު ތެރެއަށް ބިއްލޫރި ތަށްޓެއް ތަޅާލީ، އޭނާ ފެންފޮދެއް ހޯދުމަށް އެދުމުން ކޯޓުގެ މުވައްޒަފަކު އޭނާއަށް ބިއްލޫރި ތަށްޓެއްގައި ފެން ދިނުމުން، ފެން ބުއިމަށް ފަހުއެވެ.
މިއީ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރި މީހެކެވެ. ރެކޯޑްތަކުން އެނގޭ ގޮތުގައި މި މީހާގެ ކުށުގެ ރެކޯޑްތައް އޮވެއެވެ.