
މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ޕޮލިސް ކޮމިޝަނަރު ޝުޖާއު (ކ-2) އަދި ފުލުހުންގެ އިސްވެރިން މިއަދު ބައިވެރިވެވަޑައިގަންނަވަނީ - ފައިލް ފޮޓޯ: މަޖިލިސް
ޕޮލިސް ބޯޑަށް ކުރިމަތިލި 4 މީހުންގެ ނަން ސަލާމަތީ ކޮމިޓީއަށް
ގުފްތަގް އަޖީރު
26 ފެބްރުއަރީ 2025 - 10:05:57
ޕޮލިސް ބޯޑަށް ކުރިމަތިލި 4 މީހުންގެ ނަންތައް ދިރާސާކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލެވޭ ޕޮލިސް ބޯޑަށް އާންމު ރައްޔިތުންގެ ތެރެއިން 2 މެންބަރުން ހޮވުމަށް އިއުލާން ކުރުމުން، 4 މީހުން ވަނީ ކުރިމަތިލާފައެވެ. އެގޮތުން ކުރިމަތިލީ މުހައްމަދު ސާދިގް، މުއާވިޔަތު ގާސިލް، އަހުމަދު މިޒްމާދު އަދި މިސްބާހް ހަސަނެވެ.
ޕޮލިސް ބޯޑަކީ 7 މެންބަރުން ހިމެނޭ ބޯޑެކެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 2 މެންބަރުންނާއި، ފަންނީ ދާއިރާއިން 3 މެންބަރުން އަދި އާންމު ރައްޔިތުންގެ ތެރެއިން 2 މެންބަރުން ހިމެނެއެވެ.
ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް މީހުން އައްޔަންކުރުމުގައި ލަފާދިނުން ހިމެނެއެވެ. އަދި ފުލުހުންގެ އިދާރާއާ ގުޅޭ މުހިންމު ކަންކަމުގައި މިނިސްޓަރަށް ލަފާދިނުންވެސް ހިމެނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް