ads
ސުޕްރީމް ކޯޓުގެ މިހާރުގެ ފުލް ބެންޗު
ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރަށް އެދުނު މައްސަލަ މިއަދު ކެންސަލް
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
Advertisement

މި އަޑުއެހުމަކީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ދޭ ގާނޫނު އަސާސީގެ އިސްލާހާ ގުޅޭ މައްސަލައިގެ ވަގުތީ އަމުރަށް އެދި ހުށަހެޅި މައްސަލައިގެ އަޑުއެހުމެވެ.

އަޑުއެހުން ކެންސަލްވެގެން ދިޔައީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. ޖޭއެސްސީން ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސްނުއްސުއޫދު، މަހާޒް އަލީ ޒާހިރު އަދި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ. މި ސަސްޕެންޝަނަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއްކަން ޖޭއެސްސީން ބުނެފައިވެއެވެ.

މި މައްސަލައިގައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު އަދި ކުރީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއެވެ. އޭނާ އެދިފައިވަނީ ގާނޫނު އަސާސީއަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ހިމަނާފައިވާ މާއްދާތައް ވަގުތީގޮތުން ހުއްޓުވާލުމަށް ކުއްލި އަމުރެއް ނެރެދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް