
މިއީ، އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓާ ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަޑު ކަމަށް ދިރާގުން ބުނެއެވެ.
އަޕްޓައިމް އިންސްޓިޓިއުޓް އިން ދޭ މި ސެޓިފިކޭޝަން އަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު، އެންމެ އިތުބާރު ކުރެވޭ ޑޭޓާ ސެންޓަރުތަކަށް ދޭ ސެޓިފިކޭޝަން އަކަށް ވާތީ، މި ކަމުން ދައްކުވައިދެނީ ދިރާގު ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމށް ފާޙަގކުރެއެވެ. އަދި މި ޒަމާނީ ޑޭޓާ ސެންޓަރާއެކު ދިރާގުން މި ވަނީ ހިރާއްޖޭގެ ޑޭޓާ ސެންޓާ އިންފްރާސްޓްރަކްޗަ ހުންނަންޖެހޭ މިންގަޑު އިތުރަށް ހަރުދަނާކޮށްދީފައިކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ހުޅުމާލެ ޑޭޓާ ސެންޓަރު އިފްތިތާހު ކޮށްދެއްވައިފައިވަނީ ހޯމް މިނިސްތަރު އަލީ އިހުސާންއެވެ. މި ހަފްލާގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިރާގުން ރާއްޖޭގެ ފުރުތަމަ ޓިއަރ-4 ސެޓިފައިޑް ޑޭޓާ ސެންޓަރު ހުޅުވުމަކީ ކުންފުނިން ހޯދި ތާރީހީ ކުރިއެރުމެއް ކަމަށެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ދިރާގުގެ ސީއީއޯ އަދި އެމް.ޑީ، އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއަރ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓަރ ސެންޓަރު ހުޅުވުމަކީ ކުންފުންޏަށް ލިބޭ ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މި ސެޓިފިކޭޝަންއާ އެކު، ދިރާގުން މި ވަނީ ދިރާގުގެ ކްލައުޑް އައި.އޭ.އޭ.އެސް ގެ އިތުބާރު ހިފޭ މިންވަރު، ސެކިއުރިޓީ އަދި ރެޒިލިއެންސް މިންގަނޑުތައް ވަރުގަދަކޮށް، ވިޔަފާރިކުރުމުގައި އަދި މުހިންމު އެޕްލިކޭޝަންތައް ބޭނުންކުރުމަށް ވިޔަފާރިވެރިން އިތުރަށް ބާރުވެރިކޮށްދީފައެވެ. މި ކަމުގެ ސަބަބުން، ވިޔަފާރިވެރިންނަށް ޒަމާނީ ހިދުމަތްތައް އެންމެ ރަނގަޅު އަގުތަކުގައި ލިބި، ބަދަލުވަމުންދާ ޑިޖިޓަލް އިކޮނޮމީގައި ކުރިއަރައިގެން ދިއުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ދަނީ ރާއްޖޭއަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެންމެ ވަރުގަދަ ހިދުމަތްތައް ތައާރަފްކޮށް ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުންނެވެ.