ads
ފޮޓޯ: ބީއެމްއެލް
ބީއެމްއެލްއިން ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމް ހިދުމަތް ފަށައިފި
ބޭންކް އޮފް މޯލްޑިވްސްއިން ކުޅުދުއްފުށި ސިޓީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ބަހައްޓައި އެ ސިޓީގައި ދެމުންދާ އޭޓީއެމްގެ ހިދުމަތް އިތުރަށް ފުޅާކޮށްފިއެވެ.
Advertisement

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭޓީއެމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

ބީއެމްއެލް އިން މިހާރުވެސް އަންނަނީ ކުޅުދުއްފުށީގެ ދެ ތަނެއްގައި ހަތަރު އޭޓީއެމް މެދުވެރިކޮށް ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތްދެމުންނެވެ.

ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށާއި ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކުގެ ރަސްމީ ގަޑީގެ ބޭރުން ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން އެހެނިހެން ސެލްފް ސަވިސް ބޭންކިން ހިދުމަތްތައް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

"ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކް. އަޅުގަނޑުމެންނަކީ ތިޔަ ބޭފުޅުންގެ ކުރިއެރުމުގެ ބައިވެރިއެއް. އަޅުގަނޑުމެން ތައާރަފުކުރާ ކޮންމެ ހިދުމަތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެއް މަގުސަދަކަށްޓަކައި ކުރާ ކަމެއް. އެއީ ތިޔަ ބޭފުޅުންނަށް އިތުރަށް ހިދުމަތް ކުރުން. ތިޔަ ބޭފުޅުންގެ ތަރައްގީ އަށް އެހީވެދިނުން،" އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގައި ޔޫއެސް ޑޮލަރު އޭޓީއެމް އިތުރުކުރުމާއެކު، ބީއެމްއެލްއިން އައްޑޫ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް އަދި މާފުށީގައި ހިދުމަތްދޭ ޔޫއެސް ޑޮލަރު އޭޓީއެމްގެ ވިއުގަ މިވަނީ އިތުރަށް ފުޅާކޮށްފައެވެ.

ކުޅުދުއްފުށި ސިޓީއަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފްކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ. އެގޮތުން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސަވިސް ބޭންކިން ސެންޓަ، 158 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް