ads
އދ. ދިއްދޫ
އދ. ދިއްދޫ ރައްޔިތުންނަށް ކުނި ފީ މައާފު، ކާށި، ކުރޮޅިވެސް ހިލޭ
އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ރައްޔިތުނަށް ރޯދަމަހުގެ ހަދިޔާއެއްގެ ގޮތުން ކުނިން ފީ ނުނަގަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
Advertisement

ދިއްދޫ ކައުންސިލުން ބުނީ އެރަށުގެ މީހުން ދިރިއުޅޭ ގޭގެއިން ނަގަމުން އަންނަ ކުނީ ފީ މި ރޯދަމަހު މައާފުކުރަން ރަށު ކައުންސިލުން ނިންމާފައިވާކަމަށެވެެ. މީގެ އިތުރުން ރޯދަމަހު ހޮވާ ކާށި ކުރޮޅި ހިލޭ ދޫކުރުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. 

ކައުންސިލުން މިގޮތަށް ނިންމީ މިމަހުގެ 10 ވަނަދުވަހުކަމަށް ދިއްދޫ ކައުންސިލުން ބުނެއެވެ. 

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުން ދިއްދޫގެ އާބާދީއަކީ 140 މީހުންނެވެ އޭގެތެރެއިން 29 މީހުންނަކީ ބިދޭސީންނެވެ. އެރަށުގެ ގެތަކުން ކުނި ފީގެ ގޮތުގައި މަހަކު ނަގަމުން އަންނަނީ 100 ރުފިޔާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް