ads
ފައްޔާޒު
އިހުތިޖާޖުތަކަށް އެމްޑީޕީން އެހެން ޕާޓީތަކާއި ޖަމިއްޔާތަކަށް ދައުވަތުދީފި
ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ އިހުތިޖާޖީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެހެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކަށް އެމްޑީޕީން ދައުވަތު ދީފި އެވެ.
Advertisement

އެމްޑީޕީގެ ޗެއަޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މިހާރު ރާއްޖޭގައި ހިންގަމުންދަނީ ގާނޫނާ ހިލާފު ދައުލަތެއް ކަމަށާއި، ރައްޔިތުންގެ ބާރުވެރިކަން އަލުން އިއާދަ ކުރުމަށް އެމްޑީޕީން ސިލްސިލާ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ޑިސެމްބަރު 10 ގައި ވަނީ މުޅި ރާއްޖޭގައި އިހުތިޖާޖީ ހަރަކާތްތައް ހިންގުމަށް ނިންމައިފަ އެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކަށް ދައުވަތު ދީފައިވެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ނަމަވެސް، މި އަނދިރި ދުވަސްތަކުގެ ތެރެއިން އަލިމަގެއް ހޯދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް