ads
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު
ތަމްވީލް އިނިޝިއޭޓިވްގެ ދަށުން 5 މިލިއަން ރުފިޔާގެ ފަންޑެއް އެމްއެމްއޭ އިން އުފައްދައިފި
އިސްލާމީ މާލީ ނިޒާމަށް މީހުން ތަމްރީނުކުރުމަށް އެމްއެމްއޭ އިން ތައާރަފުކުރި ތަމްވީލް އިނިޝިއޭޓިވްގެ ދަށުން 5 މިލިއަން ރުފިޔާގެ ފަންޑެއް އުފައްދައިފި އެވެ.
Advertisement

މި ފަންޑަކީ އިސްލާމީ މާލީ ނިޒާމާ ގުޅޭ އެކިއެކި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ސްޕޮންސަރޝިޕް ދިނުމަށް އުފައްދާފައިވާ ފަންޑެކެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ޔުނިވަރސިޓީ އިން ވަނީ މި މަސައްކަތުގައި އެހީތެރިވެދޭނެ ކަމަށް ބުނެފަ އެވެ.

އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި އެ އޮތޯރިޓީގެ "އަމާޒަކީ އިސްލާމީ މާލީ ނިޒާމުގެ މުހިންމު ހަބަކަށް ރާއްޖެ ހެދު،" މެވެ. އެކަމަށް ޓަކައި އެމްއެމްއޭ އިން ވަނީ މުހިންމު މަސައްކަތްތަކެއް ރާވާފަ އެވެ.

މި އިނިޝިއޭޓިވް އިފްތިތާހު ކުރެއްވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މެލޭޝިއާ ފަދަ ގައުމުތަކުގައި އިސްލާމީ މާލީ ނިޒާމު ކުރިއަރައިގެން ދިޔައީ އެ ތަންތަނުގެ މަރުކަޒީ ބޭންކުތަކުން އިސްނަގައިގެން ކުރި މަސައްކަތްތަކުން ކަމަށެވެ.

މި އިނިޝިއޭޓިވްގެ ދަށުން ރޯދަ މަހު ޓީވީ ޕްރޮގްރާމަކާއި ކުއިޒް މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ކުއިޒް މުބާރާތުގައި ބައިވެރިވާ މީހުންނަށް ބީއެމްއެލް އިސްލާމިކްގެ ފަރާތުން 1،000 ރުފިޔާގެ ގިފްޓް ކާޑާއި އުމްރާ ދަތުރު އިނާމުގެ ގޮތުގައި ދޭން ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް