"އަގުމަގު" ގެ ނަމުގައި ތައްޔާރުކުރި މި ޕޯޓަލް ލޯންޗުކޮށްދިނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕޯޓަލުން އަގުތައް ފެންނަން ހުންނާނީ އެ މިނިސްޓްރީގެ ޓީމްތަކުން ނުކުމެ ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށްގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށްކަމަށެވެ.
މި ޕޯޓަލްގައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓަކީ ރާއްޖެއާއި ބޭރުގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ފޯޓަލުން މި ވަގުތު ފެންނަން ހުންނާނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ތަކެތި ލިބެންހުރި އަގުތައްކަމަށާއި އެހެންނަމަވެސް ދާދި އަވަހަށް އަތޮޅުތަކުގެ ރަށްތަކުގެ އަގުތައް ވެސް ހިމަނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.