ads
ހުޅުމާލޭ: ފޮޓޯ ބީބީސީ
އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް ހުޅުމާލެއަށް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
Advertisement

ރޯދަމަހާ ދިމާކޮށް އާންމުކޮށް ގެންނަ މުހިއްމު ތަކެތި ލިބޭނެ އިންތިޒާމް ރާވާ އެސްޓީއޯއިން މި ހޯލް ސޭލް ސެންޓަރު ހުޅުވީ ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ހޮޓެލް ސަރަހައްދުގައެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެމުން އެސްޓީއޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުޅުމާލޭ ހޮޓާ ސައިޓްގައި މި ރޯދަ މަހަށް ހާއްސަ ކޮއްގެން ހޯލް ސޭލް ސެންޓަރު ހުޅުވީ ހުޅުމާލޭ ފިހާރަތަކަށް މުދާ ފަސޭހައިން ލިބޭނޭގޮތް ހަދައިދިނުމަށް ކަމަށެވެ. އަދި އާންމުންނަށް މެދު ނުކެނޑި ތަކެތި ލިބެން ހުންނާނޭ ގޮތް މަގުފަހި ކޮއްދިނުމުގެ ބޭނުމުގައި ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ވަނީ ހުރިހާ ބާވަތުގެ ތަކެތިވެސް ހެޔޮއަގުގައި ބާޒާރަށް ނެރެފަ އެވެ.

ރޯދަމަހާ ކައިރިކޮށް އެސްޓީއޯއިން ބާޒާރަށް ނެރުނު ފިޔާ ކިލޯއެއްގެ އަގު 16 ރުފިޔާގައި އުޅޭއިރު އެކުންފުނިން ފިޔާ ބަސްތާއެއް ވިއްކަނީ 350 ރުފިޔާ އަށެވެ. އަދި 10 ބަސްތާ ނުވަތަ އެއަށްވުރެ ގިނައިން ގަންނަނަމަ 1 ބަސްތާ ލިބޭނެ އަގަކީ 340 ރުފިޔާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން ބާޒާރަށް ނެރުނު ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 40 ރުފިޔާގައެވެ. އަދި 5 ކޭސް ލުނބޯ ވިއްކަނީ 145 ރުފިޔާގެ ރޭޓުން ނެވެ.

އަލުވިކިލޯއެއް އެސްޓީއޯއިން ވިއްކަނީ 18 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް ވިއްކަނީ 310 ރުފިޔާއަށް ކަމަށް އެސްޓޯއޯއިން ބުނެއެވެ.

ރޯދަމަހަށް އެސްޓޯއޯއިން މިވަނީ ހެޔޮ އަގުގައި ވިއްކުމަށް ބިހުގެ ޝިޕްމަންޓްއެއް ވެސް ގެނެސްފައެވެ. އެގޮތުން ބިސްކޭހެއް 320 ރުފިޔާއަށް ވިއްކާއިރު 1 ބިހުގެ އަގަކީ 2 ރުފިޔާއެވެ.

އެސްޓީއޯއިން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހަތަރު ކެޓެގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމުގެ މަސައްކަތް ކުރަމުންދެ އެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެއްޗާއި، ތާޒާ ތަރުކާރީއާއި މޭވާގެ އިތުރުން، ޕްރޮސެސްޑް ކާނާއާއި ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް