ads
ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑާރު ފަލާހު
ކޮމެޓީ ތަކުން މެމްބަރުން ބަދަލު ކުރުމަކީ އަބަދުވެސް ހިނގާކަމެއް: ފަލާހު
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން މެންބަރުން އެއް ކޮމެޓީން އަނެއް ކޮމެޓީއަށް ބަދަލުކުރުމަކީ ޕާލިމެންޓަރީ ގްރޫޕްތަކުގައި އަބަދުވެސް ހިނގަމުންދާ ކަމެއްކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
Advertisement

ފަލާހު މިކަން ފާހަގަކުރެއްވީ، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހިމެނޭ ކޮމެޓީތަކުން އޭނާ ވަކިކޮށް އެހެން މެންބަރުންތަކެއް ހަމަޖެއްސުމާ ގުޅިގެން ނޫސްތަކުން އެކަން ރިޕޯޓުކުރުމުން ޓްވިޓަރުގައި ކުރެއްވި ޓްވީޓެއްގައެވެ. ފަލާހު ވިދާޅުވީ ޕީޖީ ގްރޫޕްގެ އަދަދާއި ކޮމެޓީތަކުގެ އަދަދާއި، މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހަންމިއްޔަތުކަމާއި، ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް އެކި ކޮމެޓީތަކަށް މެންބަރުން ބަދަލުކުރުމަކީ 17، 18 އަދި 19 ވަނަ މަޖިލީހުގައިވެސް އާންމުކޮށް ހިނގާފައި ހުރި ކަންކަން ކަމަށެވެ.

އަޒާން މީގެ ކުރިން ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ) ގައެވެ. މި ކޮމެޓީތަކުން އަޒާން ވަކިކޮށް، މާލިއްޔަތު ކޮމިޓީއަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އަދި 241 ކޮމިޓީއަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ ހަމަޖައްސާފައެވެ. އަޒާން މިހާރު ވަނީ ޕެޓިޝަން ކޮމިޓީއާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ބަދަލުކޮށްފައެވެ.

your imageއަޒާން

ފަލާހު އިތުރަށް ވިދާޅުވީ، "20 ވަނަ މަޖިލީހުގައިވެސް މިފަދަ ބަދަލުތައް ގެނެވިފައިވާ ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް ކޮމެޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތައް އަންނަމުން ދާނެ،" ކަމަށެވެ.

އަޒާން މަޖިލީހުގެ ކޮމެޓީތަކުން ބަދަލުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް މަޖިލީހަށް ހުށަހެޅި ބިލް ބަލައިގަތުމަށްވެސް އަދި އެ ބިލް ފާސްކުރުމަށްވެސް އޭނާ ވޯޓު ނުދެއްވައި މަޖިލިސް ދޫކުރައްވައި ވަޑައިގެންފައިވަނިކޮށެވެ. އަޒާން ވިދާޅުވެފައިވަނީ އޭނާ އަދިވެސް ހުންނެވީ ސަރުކާރާ އެކުގައިކަމަށާއި، އެ ބިލަށް ވޯޓު ނުދެއްވީ އެއީ ގާނޫނު އަސާސީއާ ހިލާފު ބިލެއްކަމަށް ގަބޫލުކުރެއްވޭތީކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް