ads
ފުރަތަމަ ނަންދީ ރަޖިސްޓްރީކުރި ބުޅާ "ގޯލްޑީ"
އޮޅުކޮށްގެން ގެންގުޅޭ ޕެޓް މަގުމައްޗަށް ދޫކޮލުމުން، 50،000 ރުފިޔާގެ ޖޫރިމަނާ
އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ދޫކޮށްލުމުން ޖޫރިމަނާ ކުރެވޭނެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
Advertisement

ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުރަހްމާން ވަނީ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައެވެ.

"ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު" ގައި ބަޔާންކޮށްފައިވާ ގޮތުން، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ ނުވަތަ ޖަނަވާރަކަށް އަނިޔާއެއް ދީފިނަމަ 5,000 ރުފިޔާއިން ފެށިގެން 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ. މިހާރު ވެސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ގޮތުން، ހާއްސަކޮށް ބުޅާ ފަދަ ޕެޓްތައް ގޭގައި ގެންގުޅުމަށްފަހު މަގު މައްޗަށް ދޫކޮށްލާކަމުގެ ޝަކުވާތައް ގިނައެވެ.

މި ބިލުގެ ސަބަބުން ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރިކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅިގެންދާނެއެވެ. މީގެއިތުރުން ރާއްޖެއަށް ޖަނަވާރު އެތެރެކުރުމަށާއި، ޖަނަވާރަށް ބޭނުންވާ ކާނާއާއި ބޭސް އެތެރެކޮށް ވިޔަފާރިކުރުމަށް މި ބިލުގެ ދަށުން ރަޖިސްޓްރީވާން ޖެހޭނެއެވެ.

ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ގަވައިދާ ހިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓުކޮށްފިނަމަ 5,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގައިވާގޮތުން ޖަނަވާރުގެ ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ މިނިސްޓަރާއެވެ. އަދި ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް