ބީއެމްއެލްގެ މޮބައިލް އެޕްލިކޭޝަން އަދި ޒަކާތް ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ބޭންކުން މިއަދު ބުންޏެވެ.
ބީއެމްއެލްއިން އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މޮބައިލް އެޕް މެދުވެރިކޮށް ޒަކާތް ދައްކާނަމަ، އެޕްލިކޭޝަންގެ "މޯ" ޖަހާފައިވާ ޓެބަށް ފިތާލުމުން ޒަކާތް ދެއްކުމަށް ބޭނުންވާ ލިންކް ފެންނާނެއެވެ. އަދި މީގެ އިތުރުން ބޭންކުގެ ޒަކާތް ޕޯޓަލް މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކުމުގެ ހިދުމަތް ލިބޭނެއެވެ.
މި ހިދުމަތް ލިބޭނީ ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ހަވީރު 6:00 ޖަހަންދެންކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. ބޭންކުން ހާމަކުރި ގޮތުގައި ކޮންމެ އަހަރަކު ވެސް ފިތުރު ޒަކާތް ފަސޭހައިން ދެއްކޭނެ އިންތިޒާމުތައް ބޭންކުން ހަމަޖައްސައިދެއެވެ.