އެ މިނިސްޓްރީން ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ތަމްރީނުތަކެއް މާރިޗު 09 އިން އޭޕްރީލް 05 އަށް ހުޅުމާލޭގައި ކުރިޔަށް ދާނެކަމަށެވެ.
ތަމްރީނު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 އަދި 2 ގަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ތަމްރީނުތައް ކުރިޔަށް ދާނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށްކަމަށެވެ. އަދި ކޮންމެ އަންގާރަ ދުވަހެއްގެ ރޭގަނޑު 22:00 އިން ފެށިގެން ދަންވަރު 01:00 އަށް ކުރިޔަށްދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ތަމްރީނުތަކުގައި ސިފައިން ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެެއެވެ.