
އެކްތާ ކަޕޫރް ޕަންޖާބުގެ މަސްތުވާތަކެތީގެ މައްސަލަ އަށް ބިނާކޮށް ހެދި ކްރައިމް ޑްރާމާ "އުޅްތާ ޕަންޖާބް" ފުރަތަމަ ބައިން ފެނުނީ ލީޑް ރޯލުން ފެނުނީ ޝާހިދު ކަޕޫރެވެ. ދެވަނަ ބައިގެވެސް ލީޑަށް އޭނާ ގެންނަން އެކްތާ ޝައުގުވެރިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ފިލްމަށް މީހުން ކަނޑައަޅާ ނިންމާނީ ފިލްމުގެ ސްކްރިޕްޓް ފަައިނަލް ވުމުންކަމަށްވެއެވެ.
މި ފިލްމުގެ ވާހަކަ ލިޔަނީ "ބޫލް ބުލައްޔާ 2" އަދި "ހައުސްފުލް 4" ލިޔުނު އާކާޝް ކޯޝިކްކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ފިލްމުގެ ޑައިރެކްޓްކުރާނީވެސް އޭނާކަމަށް ރިޕޯޓްތައް ބުނެއެވެ.
"އުޅްތާ ޕަންޖާބް" ދެ ވަނަ ބައި އަންނަނީ ފުރަތަމަ ފިލުމުގެ ވަހަކާއި ގުޅިގެންދާ ގޮތަށް ނޫންނަމަވެސް މި ފިލުމުގައިވެސް ޕަންޖާބުގެ މަސްތުވާތަކެތީގެ މައްސަލަ ގެންނާނެކަމަށް ވެއެވެ. އެކަމަށް ޕްރޮޑަކްޝަން ޓީމުން ބަލުންތަކެއް ބަލަމުން އަންނަކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ މަސައްކަތް ފެށޭވަރު ވާނީ އަންނަ އަހަރުއެވެ.