ads
މިއީ ހަމަ ނިދި ނިދާލަން ރަނގަޅު ދުވަސްކޮޅެއްނު
ލޮކްޑައުންގެ ސަބަބުން ގޭގައި ބަންދުވެފައި ތިބުމުން ގިނަ ކަންބޮޑުވުން ތަކެއް އޮތް ނަމަވެސް މިއީ ތިމާގެ ސިއްހަތަށް ފައިދާ ކުރާނެ އެތައް ކަމެއް ގޭގައި އޮވެގެން ކޮށްލެވޭނެ ދުވަސްކޮޅެކެވެ.
Advertisement

ގޭގައި ހުރެގެން ސިއްހަތަށް ފައިދާވާނެ ގިނަ ކަންތައްތަކެއް ކުރެވޭ އިރު، މިއީ ހަމަގައިމުވެސް ހަމަ ނިދި ނިދުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. 

އާންމު ދިރިއުޅުމުގައި ބުރަކޮށް ވަޒީފާގައި އާއި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމުގައި އަވަދިނެތި އުޅޭ އިރު އަބަދުވެސް އޮންނަނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ހަމަ ނިދި ނުލިބަފަ އެވެ. އެހެން ނަމަވެސް މި ލޮކްޑައުންގައި ގިނަ އަދަދެއްގެ މީހުންގެ ނިދީގެ ސައިކަލް އިތުރަށް ގޯސްވެގެން ގޮސްފައިވާ ކަމަށް ވެސް ފާހަގަ ކުރެވެ އެވެ. 

ރޭގަނޑުގެ ނިދި ނުލިބި ބުރަކޮށް އުޅުމަށް ފަހު، ކަމެއް ނުކޮށް ގޭގައި އޮންނަން ވުމުން ގިނަ މީހުން މިވަނީ ތަފާތު ސީރީސްތަކާއި ފިލްމުތައް ބަލަން ފަށާފައެވެ. އަދި މި ފިލުމުތައް ބެލުމަށް މުޅީ ރޭ ހޭދަ ކުރުމަށް ފަހު ނިދޭ އިރު ހުންނަނީ އިރު އަރާފައެވެ. އެއްވެސް ވަރަކަށް ނުނިދާ އުޅޭ މީހުންވެސް އެބަ އުޅެއެވެ. 

މީގެ ސަބަބުން މީހާގެ ހަށިގަނޑަށް ބަރުކަން އިހުސާސް ކުރެވި މިހާ ރުންކުރުވުން ފަދަ ކަންކަމާ ކުރިމަތިވެ އެވެ. އަދި މީހާގެ ސިކުނޑީގެ ފަންކަޝަނިން ލަސްވެ ކަންކަމުގައި ރިއެކްޓް ކުރެވޭލެއް ލަސްވެ އެވެ. 

މިގޮތަށް ދަންވަރު ހޭލާ އުޅެފައި ހެނދުނު ނިދޭ ނަމަ، ނިދީގެ ސައިކަލް ބަދަލު ކުރުމަކީ އުދަނގޫ ކަމެއް ނޫނެވެ. އެގޮތުން، އަލުން ރޭގަނޑު ނިދާފައި ހެނދުނު ހޭލަން ބޭނުން ނަމަ ކުރުން ރަނގަޅު އެއްކަމަކީ އެއްގޮތަކަށް ވެސް ހެނދުނު ނުނިދުމެވެ. ރޭގަނޑު ހޭލާ އުޅުނަސް، ނުވަތަ ވަރަސް ދަންވާ ފަހުން ނިދުނަސް، ހެނދުނު ހެނދުނާއި ހޭލާ، ދުވާލު ގަޑީގައި ނުނިދާ ހުރުމުން އެރޭ އަވަހަށް ނިދުމަށް އެހީވާނެ އެވެ. 

މީގެ އިތުރުން، ދުވާލުގަޑީގައި އަރާމުކޮށްލަން ގަޑި އިރަކަށް ނުވަތަ ދެ ގަޑިއިރަށް މި ނިދާ ނިދިކޮޅު ނުނިދުން ވެސް މުހިންމެވެ. މެންދުރުގެ ކެއުމަށް ފަހު ބަނޑު ދަމާލަން ޖައްސާލުމުގެ ބަދަލުގައި އެގަނޑީގައި ކަސްރަތު ކޮށްލުމަކީ ރަނގަޅު ކަމެކެވެ. 

ކޮންމެ ދުވަހަކުވެސް ހެނދުނު އަތްވަށް ނުކުމެލުމަކީ ވެސް ރޭނގަޑު އަވަހަށް ނިދުމަށް އެހީވާ ކަމެކެވެ. ދުވާލު އައްޔަށް ނުކުތުމުން، ދުވާލިގެ އަލި ގޮސް އަނދިރިވާން ފެށުމުން މީހާގެ ސިނކުޑިއަށް ވެސް މިއީ އަރާމްކޮށް ނިދަންވީ ވަގުތުކަން ފަހުމުވެ އެވެ. 

މިގޮތަށް ދެތިން ދުވަހަކު އަމަލު ކުރުމުން ރޭގަނޑު ގެ ނިދިން ހަށިގަނޑަށް ކުރާ ފައިދާތައް ފެނިގެންދާނެ އެވެ. އަދި މިގޮތަށް ނިދާ ހޭލަން މީހާގެ ހަށިގަނޑު ހޭނޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް