
މި ޕްރޮމޯޝަނުގައި ބީއެމްއެލްގެ މާސްޓާކާޑާއި ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ބޭރުގެ މުއާމަލާތްތައް ކޮށްގެން ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ މީހަކަށް ކުޑަކުއްޖަކާ އެކު ހުރިހާ ހަރަދުތަކެއް ހިމެނޭ ގޮތަށް ލަންޑަންގައި 4 ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެތެރޭގައި ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕްލޭޔަރު މެސްކޮޓް(ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ފައިނަލް މެޗު ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާ އެކު ދަނޑަށް އެރުމުގެ ފުރުސަތު)، ޕޮކެޓް މަނީގެ އިތުރުން ވެލްކަމް ގިފްޓެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގައި މާސްޓާކާޑު ޕްލޭޔަރު މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް ޔޫއެފާ ފައިނަލް މެޗް ބަލާލެވި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ރަނުގެ ފުރުސަތެއް ލިބިގެންދެ އެވެ.
މިފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ ޖަރުމަންގެ މިއުނިކްގަ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.
މާސްޓާކާޑަކީ ޔޫއެފާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާއެވެ. ބީއެމްއެއްއަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕުރިންސިޕަލު މެންބަރެކެވެ.
ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.