
"ރޭސް" މި ފްރެންޗައިޒުގެ ކާމިޔާބު ތިން ފިލްމަށްފަހު 4 ވަނަ ބައިގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފަށަށް ވަނީ ނިންމާފައެވެ. އެއާއެކު ފިލްމުގެ ކާސްޓުންނާއި ގުޅޭ އެތަެއް ރިޕޯޓްތަކެއް އަންނަނީ އާއްމުވަމުންނެވެ.
މިގޮތުން ފިލްމުގެ ނުބައިބައި ރޯރުން ފެންނަނީ ހަރުޝްވަރުދަން ރާނޭކަމަށް ބުނެ އާއްމުވި ރިޕޯޓްތައް ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ މި ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނީ ފިލްމުގެ އެ ރޯލަށް ލާނެ މީހަކު މިހާތަނަށް ނިންމާފައި ނުވާކަމަށެވެ. ހަމައެކަނި ކާސްޓުންގެ ތެރެއިން ކަށަވަރުކޮށްފައިވަނީ މި ސީރީޒްގެ ފުރަތަމަ ދެ ބައިގައި ފެނުނު ސައިފް އަލީ ހާން އެކަނިކަމަށް ރަމޭޝް ބުނެއެވެ.
ހަރުޝްވަރުދަން އަކީ 2016 ގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދި "ސަނަމް ތޭރީ ގަސަމް" ތަރިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ރޭސް 4" ގެ ޑައިރެކްޓަރަކީ ނިކިލް އަދުވާނީއެވެ. ރޭސްގެ ތިން ފިލްމެއް ނެރެފައިފައިވާއިރު ތިން ފިލްމުވެސް ވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ހޯދާފައެވެ.