ads
އީދު އަލި އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހަރަދުކުޑަކުރަން އީދު ބޮކި ދިއްލާނީ ސިޓީތަކުގައި އެކަނި: ހަލީލް
މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރުކާރުހެ ހަރަދުކުޑަކުރަން ރަށްރަށުގައި އީދު ބޮކި ނުދިއްލަން ރައީސް މުއިއްޒު ނިންމަވާފައިވާކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
Advertisement

މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ހައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަގުސަދުގައި ރައީސް މުއިއްޒު ވަނީ ވަޒީރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ.  

މި ކޮމެޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން  ފޮރިން މިނިސްޓަރު ހަލީލް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ކުރާ އަސަރު ކުުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ. އެގޮތުން ކެބިނެޓްގެ މަޝްވަރާއާއި އެކު މި ފަހަރު ރަށްތަކުގައި އީދު ބޮކި ނުދިއްލާ ސީޓިތަކުގައި އެކަނި ދިއްލަން ރައީސް މުއިއްޒު ނިންމަވާފައިވާކަމަށެވެ. 

" މިހާރު ކެބިނެޓްގެ މަޝްވަރާއާއި އެކު ރައީސް ނިންމަވާފައި އެ އޮތީ ފިތުރު އީދު ދިއްލުން ރަށްރަށުގައި މިވަގުތުގައި ނުބާއްވާގޮތަށް ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގައި މިކަން ކުރިޔަށް ގެންދާގޮތަށް. އެވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެެއްގައި. އެވެސް ސަރުކާރުން އަޅާ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް." ހަލީލް ވިދާޅުވިއެވެ.

އީދު ބޮކި ރަށްތަކުގައި މިފަހަރު ނުދިއްލާނެކަން ސަރުކާރުން މި އިއުލާންކުރީ ސޯޝަލް މީޑިއާގައި އެކަމާއި ގުޅިގެން ފާޑިކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެެެއްގައެވެ. އެގޮތުން އާއްމުންނަށް ތެލުގެ އަގުު ބޮޑުކޮށް ސަރުކާރުން އީދު ބޮކި ދިއްލަން ހަރަދުކުރާތީ ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;