ads
ފޮޓޮ: އުރީދޫ
ހިއްސާއަކަށް 3.43 ރުފިޔާ އުރީދޫއިން ބަހަން ފާސްކޮށްފި
ހިއްސާއަކަށް 3.43 ރުފިޔާ ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ރޭ ފާސްކޮށްފި އެވެ.
Advertisement

މި މިންވަރަށް ހިއްސާ ބަހަން ނިންމާ އުރީދޫގެ އަހަރީ އާންމު ބައްދަލުވުން ބޭއްވީ ރޭ 9:30 ގައެވެ.

އުރީދޫގެ ހިއްސާދާރުންނާއެކު މި އަހަރި އާންމު ބައްދަލުވުން ހުޅުމާލޭގައި ހުންނަ އުރީދޫގެ މައި އޮފީހުގަިއ ބޭއްވިއިރު ބައެއް ހިއްސާދާރުން އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނި ޕްރައިވެޓް ލިމިޓެޑްގެ "ފަހިވޯޓް" މެދުވެރިކޮށްވެސް ބައިވެރިވި އެވެ.

ރޭ ބޭއްވި އާންމު ޖަލްސާގައި ޖުމްލަ 74 ހިއްސާދާރުން ބައިވެރިވި އެވެ. އޭގެތެރޭ ހިމެނެނީ އޮފީހަށް ހާޒިރުވެ ބައިވެރިވި 11 ހިއްސާދާރުންނާއި 14 ހިއްސާދާރުން ތަމްސީލްކުރާ 11 ޕްރޮކްސީ ހޯލްޑަރުންވެސް ބައިވެރިވި އެވެ.

އުރީދޫގެ އޭޖީއެމްގައި ތަމްސީލުކުރާ ހިއްސާގެ ޖުމްލަ އަދަދަކީ 134،282،487 (ސަތޭކަ ތިރީސް ހަތަރު މިލިއަން ދެސަތޭކަ އަށްޑިހަ ދެ ހާސް ހަތަރުސަތޭކަ ހަތްދިހަ ހަތް) ހިއްސާ އެވެ. އެއީ އެއީ ޖުމްލަ ދޫކޮށްފައިވާ ހިއްސާގެ 90.85 ޕަސެންޓް ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އޭޖީއެމްގެ އެޖެންޑާގައި ހުށަހަޅާފައިވާ ގޮތަށް، 7 މާޗް 2024 ގައި ބޭއްވި އަހަރީ އާންމު ޖަލްސާގެ ލިޔެކިޔުންތަކާއި، އެއަހަރުގެ 15 ޑިސެމްބަރު ގައި ބޭއްވި ޖަލްސާގެ ލިޔެކިޔުންތަކާއި އަދި ހަމަ އެއަހަރުގެ އޮޑިޓަރުންގެ ރިޕޯޓާއެކު އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ރޭ ފާސްކުރި އެވެ. އަަދި މިދިޔަ އަހަރުގެ އެކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓުވެސް ރޭ ފާސަކުރި އެވެ.

މީގެ އިތުރުން، އުރީދޫގެ ޑިރެކްޓަރުންގެ ބޯޑުގައި ޖޯޖް ބައުރިން ޗަލެނާ، ވިކްރަމް ސިންހާ އަދި މޮޒާ މޮހްދު ދަރުވިޝް އަލުން އިންތިހާބުކޮށް އައްޔަން ކުރުމަށް ރުހުން ދިނީ އެންމެ ބޮޑު ހިއްސާދާރު ވަތާނިޔާ އިންޓަރނޭޝަނަލް އެފްޒެޑް އެލް އެވެ.

އުރީދޫއިން ވަނީ ހިއްސާދާރުން ދޭ އެމީހުންގެ ތާއީދާއި،ކުންފުންޏަށް ކުރާ އިތުބާރަށް ޝުކުރު އަދާކޮށްފަ އެވެ.

މިއަހަރަކީ އުރީދޫން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރި އަހަރެވެ. ދެން އެންމެ ބޮޑު އަދަދެއް ދޫކުރީ 2019ވަނަ އަހަރު އެވެ. އެއަހަރު ހިއްސާ އަކަށް 3.30 ރުފިޔާ ބަހާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް