ads
ސުޕްރީމްކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ: ފޮޓޯ ސަން
އޭސީސީ ރައީސްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް އަޒްމިރަލްދާ އެދިއްޖެ
ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ދޮގު މައުލޫމާތު ދިނުމާއި މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ބުނެ އޭސީސީ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެދިވަޑައިގެންފިއެވެ.
Advertisement

ޝާމިލްއަށް ފޮނުއްވި ސިޓީއެއްގައި އަޒްމިރަލްދާ ވިދާޅުވެފައިވަނީ، އޭސީސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ އާއްމު އުސޫލުތަކާ ހިލާފަށް ކަމަށެވެ. މީގެ އިތުރުން އޭސީސީން އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ސިޓީއަކުން ޖޭއެސްސީއަށް އެންގިއިރު، އަސްލު ހަގީގަތަކީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން އޭސީސީން އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަންކަމަށެވެ. 

އޭސީސީގެ އިޖުރާއަތްތައް ތަރުތީބުވެފައިވާ ގޮތުން، އަޒްމިރަލްދާއާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް، ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ތަހުގީގެއް އެ ކޮމިޝަނުން މާޗް 4، 2025 އާ ހަމައަށް ވެސް ފަށާފައިނުވާ ކަމަށާއި، މައްސަލަ އޮތީ އިވެލުއޭޝަން ނުވަތަ ޕްރީ އިންވެސްޓިގޭޝަން ސްޓޭޖުގައި ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ފާހަގަކުރައްވާފައިވެއެވެ. އަދި އެއީ ތަހުގީގުކުރުމަށް ފެށުމުގެ ކުރިން މައުލޫމާތު އެއްކުރުމުގެ މަރުހަލާއެއް ކަމަށް ވިދާޅުވެފައިވެއެވެ.

"ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލްކޮށްދިނުމަށް" ކަމަށް ވެސް ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އަޒްމިރަލްދާ ތުހުމަތު ކުރައްވަނީ ޝާމިލް ފޮނުވި މި ސިޓީއަކީ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތް ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. 

ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ސުޕްރީމް ކޯޓުން މި ފަހުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑް ކުރެވިފައެވެ. ނަމަވެސް ފަނޑިޔާރުންނާ ގުޅޭގޮތުން އޭސީސީން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަކަށް އާއްމުކޮށް ހާމަކޮށްފައެއް ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް