
ފުލުހުން ބުނީ ލިބުނު މައުލޫމާތާ ގުޅޭ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި ކުރިން ނެރުނު ބަޔާން މި ވަގުތަށް ނަގާފައިވާ ކަމަށެވެ.
މި ބަޔާން ސޯޝަލް މީޑިއާއިން ނެގިޔަސް މާލެތެރޭގައި އޮޕަރޭޝަނެއް ދަނީ ކުރިއަށެވެ. އެނގިފައިވާ ގޮތުގައި މީގެ ދެތިން ދުވަސް ކުރިން ފެށި މި އޮޕަރޭޝަންގައި މިހާރުވެސް ދަނީ ބައެއް ތަންތަން ފާސްކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޖުމްހުރީ މައިދާން ސަރަހައްދުން ބަލާ ފާސްކުރި ލޮރީއެއް ދުއްވަން އިން މީހަކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓަކުން މީހެކެވެ.
މިކަމާ ގުޅިގެން ފުލުހުން އަދި ސިފައިންގެ ރަސްމީ ބަހެއް ލިބިފައިނުވާއިރު ހައްޔަރުކުރި މީހުންގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އެނގިފައިވާގޮތުން މި އޮޕަރޭޝަން ފެށީ މާލޭގައި ވަރުގަދަ ނިރުބަވެރި ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އިންޓަލިޖެންސް މައުލޫމާތުތަކެއް ލިބިގެންނެވެ.
އިތުރު ތަފްސީލް އަންނަނީ.