ފުލުހުން މިރޭ ކުރި ޕޯސްޓެއްގައި އެންމެ ފުރަތަމަ ބުނީ، ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ ސިފައިންނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ހިންގަމުން ގެންދާކަމަށެވެ.
ނަމަވެސް ފަހުން ފުލުހުން ވަނީ އެ ޕޯސްޓު ޑިލީޓްކޮށްފައެވެ. މި މައްސަލައިގައި ފުލުހުން ބުނީ "ކުރިން އެކްސްގައި ކުރި ޕޯސްޓު ވަގުތީގޮތުން ރިމޫވްކޮށްފައިވާ،" ކަމަށެވެ. މި ސެންސިޓިވް މައުލޫމާތުގެ ސައްހަކަން އިތުރަށް ޔަގީންކުރަމުން އަންކަމަށްވެސް ފުލުހުން ބުނެއެވެ.