ads
ކެނަޑާގައި ދިން ބަޑީގެ ހަމަލާ މިނިސްޓަރު ޝާހިދު ކުށްވެރިކޮށްފި
ކެނެޑާގެ ނޯވާ ސްކޯޝިއާގައި މީހަކު ބަޑިން ހަމަލާދީ ކުށެއް ނެތް އާއްމުންގެ ގިނަ ބަޔަކު މަރާލުމާ ގުޅިގެން އެޤައުމުގެ ފޮރިން މިނިސްޓަރު ފްރަންސްވާ-ފިލިޕް ޝެމްޕޭންއަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުވައިފި އެވެ.

މިނިސްޓަރ ޝާހިދު އިއްޔެ ކެނެޑާގެ ފޮރިން މިނިސްޓަރަށް ފޮނުއްވައި މެސެޖްގައި، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވި މި ހަމަލާގެ އަޑު އެއްސެވީ ކުއްލި ހައިރާންކަމާ، ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. 

އަދި ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ރައްޔިތުންނާ، ސަރުކާރާއި އަދި މިނިސްޓަރު ޝާހިދުގެ އަމިއްލަ ނަންފުޅުގައި، ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރު ޝާހިދުގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ. 

މިދިޔަ އާދީއްތަ ދުވަހު ކެނެޑާގައި ދީފައިވާ ބަޑީގެ ހަމަލާއަކީ މިފަހުގެ ތާރީހެއްގައި ކެނެޑާގައި ދީފައިވާ މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް