ads
ވިލިމާލޭގައި ޑްރަގު ވިޔަފާރިކުރަނިކޮށް އަތުލައިގެން ގްރޫޕް
ޑްރަގު ވިއްކާ ގުރޫޕެއް، އަތުލައިގަތީ 2 ލައްކަ ރުފިޔާއާއި އެކު
ވިލި މާލޭގައި ޑްރަގު ވިއްކާ ގުރޫޕެއް، ދެ ލައްކައަށްވުރެ ގިނަ ރުފިޔާއާއި އެކު އަތުލައިގެންފިއެވެ.
Advertisement

ފުލުހުން ބުނީ މި މީހުން އަތުލައިގަތީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ. 

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / ކެނެރީގެ، އުމުރުން 30 އަހަރުގެ އިބްރާހީމް އިމާދު އާއި މއ. ވިންޑްސްޓާ 1، އުމުރުން 43 އަހަރުގެ މުހައްމަދު ސިމްރާހް އަދި ގދ. ރަތަފަންދޫ / ޒަމާނީއާގެ، އުމުރުް 45 އަހަރުގެ ސަލާހު ޝިހާބްއެވެ.

ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މި މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ. އަދި ތަކެތީގެ ވަގުތީ ބަރުދަނަކީ 57.78 ގުރާމްކަމަށްވެސް ފުލުހުން ބުނެއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241000 އަށްވުރެ ގިނަ ދިވެހި ރުފިޔާ މި މީހުން އަތުން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔުމުން މުހައްމަދު ސިމްރާހް އާއި ސަލާހު ޝިހާބު 15 ދުވަހަށް ބަންދުކުރަން ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ދެން މި މައްސަލާގައި ހިމެނޭ އިބްރާހީމްއިމާދު ކޯޓުން ދޫކޮށްލާފައިވާކަމަށާއި އެހެންކަމުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށް ފުލުހުން ބުނެއެވެ.  

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ

 

.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް