ads
އެމްއެސް ޒުއިޑަޑަމް
މިމަހުގެ ދެ ވަނަ ކްރޫޒްލައިނާ: 1274 ޓޫރިސްޓުން ރާއްޖެ އައިސްފި
ސްރީލަންކާއަށް ނިސްބަތްވާ "އެމްއެސް ޒުއިޑަޑަމް" ކިޔާ ކްރޫޒްލައިނާއިން ރާއްޖެއަށް ޖުމްލަ 1274 ޓޫރިސްޓުން ޒިޔާރަތްކޮށްފިއެވެ.
Advertisement

މިއީ މިމަހުގެ ތެރޭގައި ރާއްޖެ އައި ދެވަނަ ކްރޫޒްލައިނާއެވެ. މި ކްރޫޒްލައިނާއިން ރާއްޖެއަށް ނާއި 751 ކްރޫ މެންބަރުން ވެސް އައެވެ. 

މިމަހު ރާއްޖެއަށް އައި ފުރަތަމަ ކްރޫޒްލައިނާއަކީ ސޭޝެލްސްއިން އައި ލައިނާއެކެވެ. އެ ކްރޫޒްލައިނާއިން 576 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެހެންކަމުން މިމަހު ކްރޫޒްލައިނާތަކުން ރާއްޖެއަށް 1850 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.

ކްރޫޒްލައިނާތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ބޮޑުވަމުން އަންނާތީ، ސަރުކާރުން މިހާރު މަސައްކަތްކުރަމުން ގެންދަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމަށެވެ. މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ އޮފީހުން ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 488،000 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ކްރޫޒްލައިނާތަކުން އަންނަ ޓޫރިސްޓުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް