ބޭނުންވާ ތަކެތި:
20 ބަނަސް
½ ޖޯޑް ހަކުރު
½ ޖޯޑް ގެރިކިރު
1 ސައިސަމުސާ އެސެންސް (ވެނީލާ ނުވަތަ ބަނާނާ)
ކާ ކުލަ ކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ހަކުރާއި ގެރިކިރު އަދި އެސެންސް ވެސް އެއްކޮށްފައި ރަނގަޅަށް މިކްސްކޮށްލާށެވެ. ބޭނުންކުލައެއްގެ ކުލަކޮޅެއް ކުލަ ހިފާވަރަށް އެއްކޮށްލާށެވެ. ދެން ބަނަސް ފަޅާފައި ބަނަހުގެ އެތެރެ ފަރާތުގައި ތައްޔާރު ކުރި ކްރީމް ހާކާފައި ތަތްކޮށްފައި ބަހައްޓާށެވެ.
ލަހުން ބަދިގެއަށް ވަދެގެން ފޮނިކާ އެއްޗެއް ރޯދަ ވީއްލާ ގަޑިއަށް ނުހެދިގެން އުޅޭ މީހުންނަށް މިއޮތީ އެކަމުގެ ހައްލެވެ. އަޖުމަ ބަލާލާށެވެ. ވަރަށް މީރު ވާނެ އެވެ.