
މީކާއިލް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީއެއްގައި ވަނީ އިހުސާން އާއި މުއްތަލިބުއާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކޮށްދޭން މިދިޔަ ޖެނުއަރީ މަހުގެ އެދިވަޑައިގެންފައިވާކަމަށެވެ. އަދި އެ ދެ ވަޒީރުން ޖަވާބުދާރީވަޑައިގަތުމަށް ދޭންޖެހޭ 14 ދުވަހު ނޯޓިސް ހަމަވިއިރުވެސް އެ ސުވާލުގެ ނޯޓިސް މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކޮށްފާ ނުވާކަމަށް މިކާއިލް ވިދާޅުވިއެވެ.
މީކާއިލް މަޖިލީހުގެ ރައީސް އަށް ފޮނުވި ސިޓީގައި ވިދާޅުވީ ނޯޓިހަށް 35 ދުވަސް ވެގެން ގޮސްފައިވާއިރު ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެ ދެ ވަޒީރުން ހާޒިރު ނުކުރެވި އެހާ ގިނަ ދުވަސްވެފައިވާ ސަބަބު ސާފުކޮށްދިނުމަށް ވަނީ އެދިފައެވެ.
މީކާއިލްގެ ވިދާޅުވީ ވަޒީރުން ހާޒިރު ނުކުރާ ސަބަބު ހޯދަން މިމަހުގެ 3 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އެދިަވޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް އެކަން ވެފައި އޮތް ގޮތެއް ބެލުމަށް ފަހު ޖަވާބު ދޭނެ ކަމަށް ރިޔާސަތުން ވިދާޅުވި ނަމަވެސް މިހާތަނަށްވެސް ޖަވާބު ދެއްވާފައި ނުވާކަމަށް މިކާއިލް ވިދާޅުވިއެވެ.
މީކާއިލް ވަނީ މުއްތަލިބާއި އިހްސާން މަޖިލީހަށް ހާޒިރުކުރުން ލަސްވާ ސަބަބެއް ސާފުވާނެ ގޮތެއް ހަމަޖައްސައިދިނުމަށް މަޖިލީޙުގެ ރައީސްގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.