
ރައީސް އޮފީހުން ބުނީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ލިބިގެންވާ ބާރުގެ ދަށުން އަނަސް އެ މަގާމަށް އައްޔަންކުރައްވާފައިވާ ކަމަށެވެ.
އަނަސްވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފަ އެވެ.
ކުރިން އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ނައިބުކަމާއި ހައުސިން ޑިވެލޮޕްމަންޓް ކޯރޕަރޭޝަން އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުގެ މަގާމު ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ނައިބެއްގެ ގޮތުގައި ވެސް އަނަސް މަސައްކަތް ކުރެއްވީ މި ސަރުކާރުގައެވެ.
ޕީސީބީގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް މިދިޔަ މަހުގެ 13ގައި ވަކިކުރުމުންނެވެ.
ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމަށް އުފައްދާފައިވާ ބޯޑެކެވެ.