ads
މޯލްޑިވިއަންގެ ސީޕްލޭންއެއް
އީދާ ދިމާކޮށް ބ. އަތޮޅަށް މޯލްޑިވިއަންގެ ސީޕްލޭން ހިދުމަތް ފަށަނީ
ބ. އަތޮޅުގެ ތިން ރަށަކަށް މޯލްޑިވިއަންގެ ސީޕްލޭން ހިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން އިއުލާނުކޮށްފިއެވެ.
Advertisement

މި ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މި މާޗް މަހުގެ 31 ވަނަ ދުވަހު ކަމަށާއި، އެއީ އީދު ދުވަސްވަރާ ދިމާވާ ގޮތަށް ފަށާ ހިދުމަތެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ސީޕްލޭން ހިދުމަތުގެ ދަށުން ބ. ފުޅަދޫ، ބ. ފެހެންދޫ އަދި ބ. ގޮއިދޫ ހިމެނޭ ގޮތަށް ދަތުރުތައް ކުރެވޭނެއެވެ. މާލެއިން މި ރަށްތަކަށް ދަތުރުކުރުމަށް ހޭދަވާނީ އެންމެ 25 މިނެޓު ކަމަށްވާއިރު، ދަތުރުކުރާ ފަރާތްތަކަށް ވަރަށް އަވަހަށް އަދި ފަސޭހައިން ދަތުރުތައް ކުރެވޭނެކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

މި ހިދުމަތަށް ޓިކެޓް ވިއްކަން ފަށާފައިވަނީ މިދިޔަ މާރޗް 13 ވަނަ ދުވަހުން ފެށިގެންނެވެ. ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ 24 ގަޑިއިރު ހުޅުވިފައި ހުންނަ ކޯލް ސެންޓަރު މެދުވެރިކޮށް ޓިކެޓް ގަނެވޭނެއެވެ.

މޯލްޑިވިއަނަކީ މިހާރު ރާއްޖޭގެ އެތެރޭގެ 16 ވައިގެ ބަނދަރަކަށް ހިދުމަތްދޭ ކުންފުންޏެކެވެ. އަދި މީގެ އިތުރުން އެކި ގައުމުތަކަށްވެސް ދަތުރުތައް ކުރަމުންދެއެވެ. މޯލްޑިވިއަނުން މިހާރު ދަތުރުތަކުގައި އޭ320 އާއި އޭ330ގެ ބޮޑެތި މަތިންދާ ބޯޓުތަކާއި، ޑޭޝް 8، އޭޓީއާރު އަދި ޑީއެޗްސީ-6 ޓުވިން އޮޓަރ ފަދަ އެއްގަމާއި ކަނޑުމަތީގައި ޖައްސާ މަތިންދާބޯޓުތައް ބޭނުންކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

މި އާ ހިދުމަތުގެ ސަބަބުން އީދު ދުވަސްވަރަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭ ކަމަށް މޯލްޑިވިއަނުން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް