ads
ރާނީ އަދި ސައިފް
ރާނީ ހުރީ ހާސްވެފަ: ސައިފް އަލީ ހާން
ސައިފް އަލީ ހާން 2004 ގައި ނެރުނު "ހަމް ތުމް" ފިލްމުގައި ރާނީ މުކަރުޖީއާއެކު ކުރި ކިސް ސީން އަކީ "ސިނެމާގެ ތާރީހުގައި އެންމެ ނާރާހަތީގައި އަދި އެންމެ ދެރަކޮށް ކުރެވުނު ކިސް" ކަމަށް ސައިފް ބުނެފިއެވެ.
Advertisement

މި ސިއްރު ހާމަކުރީ "ބަންޓީ އައުރު ބަބްލީ 2" ފިލްމު ޕްރޮމޯޓް ކުރުމަށް ދިން އިންޓަވިއުއެއްގައެވެ. މި ހާމަކުރުން މިދިޔަ ހަފްތާގައި އަލުން ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. 

ޔަޝް ރާޖް ފިލްމްސް އިން ރިލީޒްކުރި ވީޑިއޯއެއްގައި ސައިފް ވަނީ ކިސް ސީން ކުޅުމުގެ ކުރިން ރާނީ ހާސްވެފައިވާ ގޮތް ހާމަކޮށްފައެވެ. 

ސައިފް އިތުރަށް ކިޔައިދިން ގޮތުގައި އެންމެ ފަހުން ރާނީ އެ ބައިކުޅެން އެއްބަސްވިއިރު މޫނު އަނބުރާލައިގެން ހުރެ ގޮތަކަށް ކުރި މަސައްކަތުގެ ނަތީޖާއަކީ "ސިނަމާގެ ތާރީހުގައި އެންމެ ދެރަކޮށް ކުރެވުނު ކިސް" ކަމަށެވެ. 

މި ދެ ތަރިން "ހަމް ތުމް" ގެ އިތުރުން "ތާރާ ރަމް ޕަމް" އަދި "ތޯޑާ ޕިޔާރު ތޯޑާ މެޖިކް" ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައިވެއެވެ. ސައިފް ވަނީ "ހަމް ތުމް" ފިލްމަށް ނޭޝަނަލް އެވޯޑް ވެސް ހޯދާފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މި ވާހަކައަށް ކޮމެންޓްކޮށް، ސައިފް އަދި ރާނީގެ ތެދުވެރިކަމަށް ތަޢުރީފުކޮށްފައިވެއެވެ. "އެއީ ސައިފް އަދި ރާނީ ރިއަލްވާ ސަބަބަކީ އެމީހުން އެއްޗެހި ގްލެމަރައިޒްކޮށް ނުދައްކާތީ" ކަމަށް އެއް ޔޫޒަރ ކޮމެންޓްކޮށްފައިވެއެވެ.

މިހާރު 21 އަހަރަށްވެފައިވާ "ހަމް ތުމް" ފިލްމަކީ މިހާރުވެސް ބޮލީވުޑްގެ ލޯބީގެ ކްލާސިކް މަޝްހޫރު ފިލްމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް