އިސްލާމިކް މިނިސްޓްރީން ބުނީ އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ފިތުރު ޒަކާތުގެ ގޮތުގައި 40،780.44 ޑޮލަރު (626,795.36 ރުފިޔާ) ދީފައިވާކަމަށެވެ.
މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ފިތުރު އީދުގެ އުފަލުގައި ބައިވެރިކުރުމަށާއި، އީދު ހެދުން ގަނެދިނުމަށާއި، ފުޑް ޕެކޭޖު ދިނުމަށާއި ރޯދަ ވީއްލުން ދިނުމަށްކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެމިރޭޓްސް ރެޑް ކްރެސެންޓުން ދިން ފިތުރު ޒަކާތުގެ ފައިސާ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ޔަތީމުންނާއި ފަޤީރުންނަށް ހަރަދު ކުރުމަށް ސޯޝަލް އެންޑް ފެމެލީ މިސްޓްރީއަށް ހަވާލުކޮށްފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ދިން މި ފައިސާއަކީ، މިއީ ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ގާތް ގުޅުން ހާމަކޮށްދޭ އެހީތެރިކަމެއްކަމަށް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;