ads
ސީއެންއެމް ބަދިގެ: ޗީޒް ކަޓްލަސް
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ޗީޒް ކަޓްލަސް" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

100ގ ޗީޒް

1 ޖޯޑް ކެބެޖް (ތުނިކޮށް ކޮށާފަ)

1 ޖޯޑް އަލުވި(ފެނު ކެއްކި)

1 ފިޔާ (ތުނިކޮށް ކޮށާފަ)

2 ރޯމިރުސް

½ ލިނބޯ

2 ކޯޅި ހިކަނދިފަތް

½ ސައި ސަމުސާ އަސޭމިރުސް

1 ސައި ސަމުސާ ލޮނު

2 ބިސް

100ގ ފާރޮށި ކުނޑި

2 ޖޯޑް ކާތެޔޮ

ތައްޔާރުކުރާނެގޮތް: 

ފުރަތަމަ ފިޔާ ކޮޅާ ރޯމިރުސް ކޮޅާ ހިކަނދިފަތް ކޮޅު ތެރެއަށް ލިނބޯ ކޮޅު ފިތާލާފަ ލޮނުކޮޅާ އަސޭމިރުސް ކޮޅު ލައިގެން މޮޑެލާށެވެ. ދެން އޭގެތެރެއަށް ފެނުކެއްކި އަލުވި ކޮޅާ ކޮށާލާފަ ހުރި ކެބެޖް ކޮޅާ ޗީޒް ކޮޅު ލައިގެން އަނެއްކާވެސް މޮޑެލާށެވެ.

އެއަށްފަހު ވަށްކޮށް ގުޅަ ހަދާލާށެވެ.އަދި ބިސް ކޮޅު ވަކި ތަށްޓަކަށް އަޅާ ބިހުގެ ތެރެއަށް ފަހަރަކު ގުޅައެއް ލާށެވެ.

ދެން އެހެން ތައްޓަކަށް ފާރޮށި ކުނޑި އަޅާ ބިހުގެ ލޮއްޖަށް ލީ ގުޅަ ނަގާ ފާރޮށި ކުނޑިކޮޅު ތެރެއަށް ލާށެވެ. މިގޮތަށް ފަހަރަކު ގުޅައެއް ހަދަމުން ދާށެވެ.

ދެން ތެޔޮކޮޅެއް ތާހަކަށް އަޅާފަ ތެޔޮކޮޅު ހޫނު ވީމަ ދެންމެ ހެދި ގުޅަތަށް ފަހަރަކު 7 ނުވަތަ 10 ގުޅަ ތެޔޮ ގަނޑަށް ލާ ތެލުލާލާށެވެ.ދެން ކުޑަ މުށިކުލައެއް އަރަންދެން ތެލުލާފަ ތެޔޮގަނޑުން ނަގާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް