މި ދެބޭފުޅުންގެ ތެރެއިން ސަރުވަޝް އާދަމަކީ ފިނޭންސް މިނިސްޓްގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްއެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމާއި މީރާގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވާފައެވެ.
އަބްދުލް މަޖީދު ވަނީ 2022 ވަނަ އަހަރު ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަން ކުރައްވާފައެވެ. އަދި ބޭންކް އޮފް ސިލޯނުގައިވެސް މަޖީދު ވަނީ މަސައްކަތް ކުރައްވާފައެވެ.
ޝަރުވަޝާއި މަޖީދު ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނެނީ އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ބޭފުޅުންގެ ގޮތުގައެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ދެން ތިިއްބެވި މެމްބަރުން
ޕެންޝަން އޮފީހުގެ ބޯޑު އެކުލެވިގެން ވަނީ އަށް މެމްބަރުންގެ މައްޗަށެވެ. މެމްބަރެއްގެ ދައުރަކީ ތިން އަހަރެވެ.